މިއަދު ލޯއްޗެއްގެ އަލިފާން ރޯވެ ހާދިސާހިނގި ވަގުތު އެއްވެސް މީހަކު ލޯންޗްގައި ނެތް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ކޮއްދިއްޕަރު ރިސޯޓް ކައިރިން ލޯންޗެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިއަދު ވަނީ ހަރަކާތްތެރިވެފައެވެ.
ހާދިސާ ހިނގި ވަގުތުގައި ލޯންޗުގައި އެއްވެސް މީހަކު ނެތްއިރު، އަލިފާން ރޯވެފައިވަނީ ލޯންޗުގެ ފަހަތުކޮޅުގައެވެ. އެ ލޯންޗުގައި ރޯވި އަލިފާން ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު 12:09 ހާއިރު ލިބުމާއެކު، އެފްއާރުއެސްގެ ފަޔަރމަނުންވަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ދަތުުރުކޮށްފައި ކަމަށެވެ.



