ބޮމެއް އޮތް ކަމަށް ބުނުމުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސް ތިބި ދިވެހި ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ގަން އެއަރޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނި މައްސަލައެއް މިއަދު 17:25 އެހާ ކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައުލޫމާތު ލިބުމުން ފުލުހުން ވަނީ އެމްއެންޑީއެފަށް މައްސަލަ ހުށަހަޅާފައި ކަމަށާއި އެ ދެ މީހުން ގެންގުޅުނު ތަކެތި ބަލާ ފާސް ކުރި އިރު އެފަދަ އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މިމައްސަލަ އާއި ގުޅިގެން 58 އަހަރު ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެފައިވެއެވެ.



