- Advertisement -ad image

ސިޔާސީ މައިދާނުގައި ރައީސް ޔާމީންގެ ހިޔަޅުކަން ވަކި ކުޑައެއް ނުވާނެ: އާދަމް ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް


ސިޔާސީ މައިދާނުގައި ރައީސް ޔާމީންގެ ހިޔަޅުކަން ވަކި ކުޑަ ނުވާނެ ކަމަށާއި ބާޒުތަކާއެކު ފިޔޮތް ޖަހައިގަންނަން ވެސް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ސިޔާސީ ދަނޑުގައި ކޮންމެ ލީޑަރަކު ފުލް ޓައިމްގައި ކުޅެން އެރިއަސް ޓެކުލް ކޮށް ވައްޓާލާނެ ގާބިލްކަން ހުރި ހަމައެކަނި ލީޑަރަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ކަމަށެވެ.
އަދި މިގައުމަށް ދިމާވެފައިވާ ދަތި ހާލަތު ބަދަލު ކުރެވޭނެ ހަމައެކަނި ވެރިއަކީ ރައީސް ޔާމީން ކަމަށާއި ހާލަތާއި ވެރިކަން ބަދަކު ކުރަން އެންމެން އަތުގުޅައިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީގެ 10 އިންސައްތަ މީހުންވެސް ދެން އޮތް އިންތިހާބުގައި ރައީސް ސާލިހަށް ވޯޓު ނުދޭނެ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައިވެސް ވަގުތު ޖެހުމުން ޕީޕީއެމް އާއި ގުޅޭނެ އެތައް އެމްޑީޕީގެ މެންބަރުންނެއް އެބަތިބި ކަމަށް މެންބަރު ވިދާޅުވިއެވެ.
ރައްޔިތުން މިއަދު ބުނަމުންދަނީ މި ސަރުކާރަށް އަހަރުމެން ކުރާނެ އިތުބާރެއް އަދި ދޭނެ ވޯޓެއްވެސް ނެތް ވާހަކަ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ