- Advertisement -ad image

ކޮއްޓެފަރު ރިސޯޓް ބާގައި ރޯވެ އަދައިފި

ad image

ގުޅުންހުރި ލިޔުންތައް


ރ.އަތޮޅު ބްރެއްނިއާ ކޮއްޓެފަރު ބާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާނުގެ ހާދިސާ ހިނގުމުން އެމްއެެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ.

މި ހާދިސާގެ ރިޕޯޓް އެމްްއެންޑީއެފް ނޮދަން އޭރިއާއަށް ރޭ ދަންވަރު 01:12 ހާއިރު ލިބުމާއެކު ނޮދަން އޭރިއާ ކޮމާންޑްގެ ޅ.ނައިފަރު ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނަށް ރޭ ދަންވަރު 02:46 ހާއިރު އެ ރިސޯޓަށް ދެވުނުއިރު އެ ރިސޯޓްގެ ފަޔަރ ސްކޮޑުން ވަނީ އެ ހާދިސާގެ 90 ޕަސެންޓް ކޮންޓްރޯލްކޮށްފައެވެ.
އަދި ރިސޯޓްގެ ފަޔަރ ސްކޮޑާއި ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ގުޅިގެން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 04:05 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ބާ ހުންނަ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ