- Advertisement -ad image

ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް ފަރުވާދެނީ

ad image

ގުޅުންހުރި ލިޔުންތައް

ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިގައިފިއެވެ.
ފުލުހުން ބުނީ މިރޭ ހުޅުމާލެއަށް ވަން ނެރާ ދިމާ ފަޅުތެރޭގައި ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު މިރޭ 19:55 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި ކަމަށާއި އެގޮތުން އޭގެތެރެއިން 2 މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި އަދި އަނެއް 2 ދެމީހުނަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި 2 ފިރިހެނުންނާއި ބިދޭސީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.
އަނިޔާވި ހަތަރު މީހުނަކީވެސް ޑިންގީގައި ތިބި މީހުން ކަމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ