- Advertisement -ad image

ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓް: ލޯންޗް ދިޔައީ މޫދަށް ވެއްޓުނު މީހާގެ ގައިމަތިން: އެމްއެންޑީއެފް

ad image

ގުޅުންހުރި ލިޔުންތައް

ލޯންޗަކާއި ޑިންގީއެއް ޖެހި ރޭ ހިނގި އެކްސިޑެންޓްގައި ލޯންޗް ދިޔައީ މޫދަށް ވެއްޓުނު މީހާގެ ގައިމަތިން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެގޮތުން އެ އިދާރާއިން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނިކޮށް ފެނުނީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ “ހާބަރ ކްރާފްޓް 113” ރޭ 18:50 ހާއިރު ހުޅުމާލެ ނެރުން ވަންނަން އައުމުގެ ތެރޭގައި ކަމަށެވެ.
އަދި، ލޯންޗަކާއި ޑިންގީއެއް ހުޅުމާލެ ނެރުމަތީ މަޑުކޮށްގެން އޮތްތަން ފެނި ސުވާލުކުރުމުން، ޑިންގީއާއި ލޯންޗު ޖެހި، ޑިންގީގައި ހުރި މީހަކު މޫދަށް ވެއްޓި އެ މީހާގެ ގައިމަތިން ލޯންޗު ގޮސްފައިވާކަމަށާއި، އަދި އެ މީހާ ނުނެގިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުމާއެކު، ކޯސްޓްގާޑު ހާބަރކްރާފްޓްގެ ޑައިވަރެއް ވަނީ ވަގުތުން ފުންމާލަައި، މޫދަށް ވެއްޓުނު މީހާ ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
ހާބަރ ކްރާފްޓް 113 ގައި ތިބި ސިފައިންގެ އެހީގައި އެ އުޅަނދަށް އެމީހާ ނެގުމަށްފަހު، ވަނީ އެމްއެންޑީއެފް ކަލާސީނުކޮށްޓަށް ގެންގޮސްދީފައި ކަމަށްވެސް ބުނެފައިވެއެވެ.
އަދި ޒަޚަމްވެފައި އޮތް މީހާ، އެމްއެންޑީއެފްގެ ވެހިކަލެއްގައި ރޭ 19:00 ހާއިރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ