- Advertisement -ad image

ހަނިމާދޫ އެއާޕޯޓަށް ގެންނަ ބަދަލާއެކު އެ ދާއިރާ އަށް ދިމާވެފައިވާ ހުރިހާ މައްސަލައެއް ހައްލުވާނެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ހަނިމާދޫން ބޮޑު ކަންނެލި ރާއްޖެއިން ބޭރަށް އެކްސްޕޯޓުނުކުރެވި އޮތުމަކީ ރާއްޖޭގެ އިޤުތިޞާދުގައި އެޅުވިފައިވާ މަރުތަޅެއް ކަމަށާއި އަދި އެ ހުރިހާ މައްސަލައެއް މިހާރު ހަނިމާދޫ އެއާޕޯޓަށް ގެންނަ ބަދަލާއެކު ހައްލުވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ، އެމްޓީސީސީން އުތުރުގައި ފަށައިގެން ކުރިއަށްގެންދާ އާރުޓީއެލް ދަތުރުފަތުރުގެ ނިޒާމުގެ މަސައްކަތް އިފުތިތާހުކުރުމަށް ރޭ، ހއ.ދިއްދޫގައި “ބޮޑުތިލަދުންމަތި ގުޅައިލުން” މި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސާލިހު އިތުރަށަ ވިދާޅުވީ، ހދ.ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުމުން މުޅި ތިލަދުންމައްޗަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.
އެގޮތުން އެއާޕޯޓު ކުރިން ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެވުނުނަމަ، އެތައް ޒަމާނެއް ކުރިން އެ ސަރަހައްދުގައި 8،000 ފަތުރުވެރިކަމުގެ އެނދު ޤާއިމުވެފައި ހުރީސްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ ބަނދަރަށް ބާލާ މުދާ އިތުރުވެފައިވާ ކަމަށާއި، ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލެއްގެ ގޮތުގައި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު އިތުރަށް ތަރައްޤީކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ