- Advertisement -ad image

ފައިލް ހިފައިގެން ބޯހިމަނަން ތިޔަގެއަށް ހިނގައްޖެތަ؟ ނުދަންޏާ އަވަހަށް އަންގާލަދީ!

ad image

ގުޅުންހުރި ލިޔުންތައް

މާލޭގައި ބޯހިމެނުމުގެ މަސައްކަތް އަދިވެސް ނުނިމޭތީ އެ ތަންތަނަށް މިއަދުވެސް އެނިއުމަރޭޓަރުން ދާނެ ކަމަށް ތަފާސް ހިސާބުތަކާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެގޮތުން އެ ބިއުރޯއިން ބުނީ ބޯހިމެނުމުގެ މާލޭގެ ފީލްޑް މަސައްކަތް ރޭގެ ނިޔަލަށް ނިންމާލެވުނުއިރު އަދިވެސް ބައެއް އިމާރާތްތަކަށާއި ދިރިއުޅޭ ތަންތަނަށް ނުވަދެވި ހުރިކަމަށެވެ. އޭގެއިތުރުން އަދިވެސް މައުލޫމާތު މުޅިން ފުރިހަމަ ނުކުރެވި ތަންތަން ހުރުމާއިއެކު މިފަދަ ތަންތަނުގެ މަޢުލޫމާތު ހޯދުނު މިންވަރަކުން ފުރިހަމަކުރަމުން ގެންދާނެ ކަމަށެވެ.
އަދި މާލޭގައި މިހާތަނަށް ބޯހިމެނިފައިނުވާ މީހުން ދިރިއުޅޭ ތަންތަނާއި، ލޭބަރ ކުއާޓަރ އަދި ރެޖިސްޓަރ ކޮށްގެންހިންގާ އިޤްތިޞާދީ މަސައްކަތް ހިންގާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކާއި އެމްޕްލޯޔަރުންގެ އެހީތެރިކަމަށް އެ ބިއުރޯއިން ވަނީ އެދިފައެވެ.
އަދި މަޢުލޫމާތު ފުރިހަމަ ނުކުރެވޭތީ އެބިއުރޯގެ ލިޔުން ލިބިފައިވާ ހުރިހާ ފަރާތްތަކުންވެސް ބިއުރޯގެ ހޮޓްލައިން 1423 އަށް ގުޅުމުން އެފަރާތްތަކުގެ ބޯހިމެނުމުގެ މަޢުލޫމާތު ފުރިހަމަކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދާނެކަމަށް ތަފާސް ހިސާބާބެހޭ ބިއުރޯއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ބޯ ހިމެނުމުގެ މަސައްކަތް ފަށާފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މިހާތަނަށް މާލޭގެ ބައެއް ސަރަހައްދުތަކުގައި ބޯހިމެނުމުގެ ކަންކަން ނިންމާލެވިފައި ނުވަނީ އެ އިދާރާއިން ހޯދަން އިއުލާނު ކުރި އަދަދަށް އެނިއުމަރޭޓަރުން ނުލިބުމުގެ ސަބަބުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ