ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު އައްޑޫ ސިޓީގައި ބާއްވައިފިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ އައްޑޫ ސިޓީ ޖުޑީޝިއަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މުހައްމަދު ހާޝިމްއެވެ.
މި ރަސްމިއްޔާތުގައި، 23 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހުން އަދި ސްޕެޝަލް ކޮންސްޓަބުލަރީގެ ދެ ފިރިހެން ފުލުހުން ހުވާކޮށް ހުވާގެ އިގުރާރުގައި ވަނީ ސޮއިކޮށްފައެވެ.



