- Advertisement -ad image

ބޮޑުތަކުރުފާނު ދުނިޔޭގައި ހުންނެވި ނަމަ ރައީސް ސާލިހު އުތީމަށް ނުވެސް އަރުވާނެ: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ގައުމީ ދުވަހުގެ ބަތަލް ބޮޑުތަކުރުފާނު މިއަދު ދުނިޔޭގައި ހުންނެވިނަމަ ރައީސް ސާލިހު އުތީމަށް އެރިޔަވެސް ނުދޭނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން މިރޭ ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމަކަށް އެންމެ ބޮޑު ހަމަޖެހުން ގެނެސްދޭ ކަމަކީ އެގައުމެއްގެ މިނިވަން އިންސާފުވެރި އަދުލުގެ ނިޒާމެއް ގާއިމުވެފައި އޮތުން ނަމަވެސް ރާއްޖޭގައި މިއަދު އެއީ ނެތް އެއްޗެއް ކަމަށެވެ.
ދިވެހި މުޖުތަމައުގައި މުންކަރާތައް އާއްމުވެގެންދާއިރު މި ސަރުކާރުން އަޅާލާތަން ފެންނަމުން ނުދާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމް ރިޔާސީ ކެންޑިޑޭޓު ވިދާޅުވީ، އެމަނިކުފާނުގެ ގޭގައި ހުރި އިންޑިއާ އައުޓު ބެނާ ނެގިއަސް އެމަނިކުފާނުގެ ހިތުގައި ގައުމާމެދު އޮތް ލޯތްބެއް ނުގެންދެވޭނެ ކަމަށެވެ.
އަދި އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ދިވެހި ފަސްގަނޑުން ފައިބަން ކަމަށް ވިދާޅުވާ ބަސްފުޅު ރައީސް ޔާމީން ތަކުރާރު ކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ،
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ވެރިކަމެއްގައި އަންހެނުންގެ ވުޒާރާއަކީ ބާރު އޮތް ތަނަކަށް ވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، އަންހެނުންނަށް ބާރުވެރިކަން ވަޒީފާ އަދި ތައުލީމީ ގޮތުން ކުރިއަށް ދިއުމާއެކު އާއްމުދަނީ ލިބޭނެ ގޮތްތަކާއި ފުރުސަތުތައް މެނިފެސްޓޯގާ އޮންނާނެ ކަމަށެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އަންހެނުންނަށް އިސްކަމެއް ދެއްވާ ކުންފުނިތަކުގެ ބޯޑުތަކުގެ އިތުރަށް މިނިވަން މުއައްސަސާތަކުގައިވެސް އަންހެނުންގެ ދައުރު ބޮޑުކޮށް ފުރުސަތު ދެއްވާފައެވެ.
އިތުރަށް ވާހަކަފުޅު ދައްވަމުން ރައީސް ޔާމީން ވިދާޅުވީ، ޒުވާނުންނަށް އާއްމުދަނީ ލިބޭނެ ފަހި ފުރުސަތުތަކާއެކު ބޯހިޔާވަހިކަން އެމަނިކުފާނުގެ ވެރިކަމެއް ޔަގީންވާނެ ކަމަށެވެ.
ރައީސް ޔާމީން ވަނީ 2013 އިން 2018 އަށް އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި 94 ހާހަށްވުރެ ގިބަ ވަޒީފާ އުފައްދަވާފައެވެ.
އަދި ބޯހިޔާވަހިކަމަށް ސަރުކާރަކުން ހިންގި އެންމެ ބޮޑު ޕްރޮޖެކްޓް ހިޔާ ފްލެޓްތަކަކީ ރައީސް ޔާމީންގެ ފަސް އަހަރު ދުވަހުގެ ހަދިޔާއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ