ހުޅުމާލެ ފޭސް އެކެއްގައި ޕާރކްކޮށްފައި އޮތް ކާރެއްގެ ކައިރީ ލޭ ހުރެގެން ފުލުހުން ހަރަކާތްތެރިވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގައި ޕާރކްކޮށްފައި އޮތް ކާރެއްގެ ކައިރީ ބިންމަތީގައި ލޭ ހުރި ކަމުގެ ރިޕޯޓެއް މިއަދު ލިބުނު ކަމަށެވެ.
އަދި އެއީ ބާޒާރުކޮށްގެން ދިޔަ މީހަކު އެ ކާރުގައި ގެއަށް އައިސް ކާރުން ފޭބި ވަގުތު ކޮތަޅުގައި އޮތް ވަޅިއެއް ފައިގާ އެޅިގެން ފޭބި ލޭ ކަން ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ޒަހަމްވި މީހާ ހޮސްޕިޓަލަށް ގޮސް ފައިގާ ބޭސްއަޅާފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ



