- Advertisement -ad image

ކާށިދޫ 30 މޭލު ބޭރުން ބޯޓެއް އަޑިއަށް ގޮސް ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުން ދަތުރުކުރި ފަޅުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓް އަޑިއަށްގޮސް، އޭގެން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް ސަލާމަތް ކޮށްފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ “އެމްވީ ބަރަދުވާޖް” ނަމަކަށް ކިޔާ ބޯޓަކުން ކަމަށެވެ.
އަދި، އެއް ފަޅުވެރިއަކު ފެނިފައި ނުވާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ “ހަކުރާ” ލޯންޗް ދަނީ އެ މީހާ ހޯދުމުގެ މަސައްކަތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގެ ރިޕޯޓް އެމްެއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބިފައިވަނީ މިއަދު 10:30 ހާއިރުއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދާ މީހާ ލައިގެން ހުރީ، ނޫކުލައިގެ ޓީޝާޓަކާއި އަދި ނޫކުލައިގެ ސޯޓްބުރިއެކެވެ. އަދި، އެންމެ ފަހުން އޭނާ ފެނުނުއިރު އޭނާ އޮތީ ލައިފްޖެކެޓް ވެސް އަޅައިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ގެއްލިގެން ހޯދާ މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބައްލަވައިދިނުމަށް އެމްއެންޑީއެފުން ވަރަށް ބޮޑަށް އެދެއެވެ.
އަދި މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށްވެސް އެ އިދާރާއިން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ