- Advertisement -ad image

ކާށިދޫ 30 މޭލު ބޭރުން ބަންޑުންޖަހާލި ބޯޓުގެ ފަޅުވެރިންތައް މާލެ ގެނެސްފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަ ފަޅުވެރިން ރޭ މާލެ ގެނެސްފިއެވެ.
މި މީހުން މާލެ ގެނެސްދީފައި ވަނީ އެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރަމުންދިޔަ “އެމްވީ ބަރަދުވާޖް” ނަމަކަށް ކިޔާ ބޯޓުގައި ރޭ 23:45 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އިންޑިޔާއަށް ނިސްބަތްވާ މި ހަ ފަޅުވެރިން މާލެ ގެނެވުނު އިރު އެންމެންގެ ހާލު ވެސް ރަނގަޅެވެ.

ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން މި މީހުންނާ ގުޅުންހުރި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޖުމުލަ ހަތް މީހުންނާއެކު ދަތުރުކުރި މި ބޯޓުން ގެއްލުނުކަމަށް ބެލެވޭ މީހާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ “ހަކުރާ” ލޯންޗަށް އެ މީހާ ފެނިފައިވަނީ އިއްޔެ 17:25 ހާއިރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ