- Advertisement -ad image

ބޯހިމެނުން: މާލެ ސަރަހައްދުން މައުލޫމާތު ނުލިބޭ 900 ތަން އަދިވެސް އެބަހުރި

ad image

ގުޅުންހުރި ލިޔުންތައް


ބޯހިމެނުން 2022 ކުރިއަށްދާއިރު މާލެ ސަރަހައްދުން އަދިވެސް މައުލޡުމާތު ނުލިބޭ 900 އެއްހާ ތަން އެބަހުރި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ.
އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގޭގެއަށް ތަންތަނަށް ގޮސް އެއްކުރަންޖެހޭ މައުލޫމާތު ހޯދުމުގެ އަމަލީ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.
ނަމަވެސް މާލޭ ސަރަހައްދުން 900 އެއްހައި ތަނަަށް އަދިވެސް ވަދެވިފައިނުވުމާއެކު، އެ ތަންތަނުން މީހުންނާ ގުޅޭތޯ އެ އިދާރާއިން މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
މިފަދަ ތަންތަނަށް ނުވަދެވި ވަނީ ބޯހިމަނާ ޓީމުތައް ދިޔައިރު ތަޅުލާފައިހުރުމާއި، ގުޅޭނެ ގޮތެއްނުވުމާއި، މައުލޫމާތު ދެވޭނެފަދަ މީހަކާ ބައްދަލުނުވުމާއި، ރަށުން ބޭރުގައި މީހުން ތިބުމާއި އެޕޮއިންޓުމެންޓު ދިނުމުން ގަޑިއަށް ޓީމުތަކަށް ނުދެވުން ފަދަ ކަންކަން ހިމެނޭކަމަށް އެ އިދާރާއިން ބުނެއެވެ.
އަދި ނުވަދެވޭ ތަންތަނުގެ ތެރޭގައި ބޭނުންނުކުރާ ތަންތަނާއި ބަޔަކު ދިރިނޫޅޭ ތަންތަން ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ބޯހިމެނިފައިނުވާ މީހުންނާއި ތަންތަނުން އެ ބިއުރޯގެ 1423 ހޮޓްލައިން ނުވަތަ 3008400 ނަންބަރަށް ގުޅުމުން ނޯޓުކޮށް އެ ފަރާތްތަކުގެ މައުލޫމާތު ނެގުމުގެ އިންތިޒާމު އެ އިދާރާގެ މުވައްޒަފުން ހަމަޖައްސަމުންދާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ބޯހިމެނުމުގެ ވަގުތީ ނަތީޖާ ނެރުމުގެ ބަދަލުގައި ބޯހިމެނުމުގެ ނަތީޖާ ނެރޭނީ ކުރިންވެސް ދާއިމީ ނަތީޖާ ނެރުމަށް ކަނޑައަޅާފައިވާ ތާރީޚުކަމުގައިވާ 20 އޮކްޓޯބަރު 2022 ވަނަ ދުވަހުގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ