ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު 17:45 އެހައިކަންހާއިރު ވަނީ ފެނިފައި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އިތުރު މައުލޫމާތު މިރޭގެ ވަގުތެއްގައި ހިއްސާކުރާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.
މުޙައްމަދު އަޛުހާން އެންމެ ފަހުން ފެނިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



