- Advertisement -ad image

ހުޅުމާލެއިން ފެނުނު ހަށިގަނޑު އޮތީ ކުނިވެފައި، އިތުރަށް ބަލަން ޕޯސްޓްމޯޓަމް ހަދަނީ

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެ ވޯޓަރ ތީމް ޕާކު ކައިރިން ފެނުނު ހަށިގަނޑަކީ، ގެއްލުނު ޒުވާނާ މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި، ފެނިފައިވަނީ މަރުވެފައިވާތާ ގިނަ ދުވަސްވީ ހަށިގަނޑެއް ކަމަށް ފުލުހުން ބުނެފިއެވެ.
އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހަވީރު 17:45 އެހާއިރު ހުޅުމާލެ ސްކޭޓް ޕާރކް ފުރަހުގައި އޮންނަ ގަސްތަކުގެ ތެރެއިންނެވެ.
މިރޭ ހުޅުމާލެ ވޯޓަރ ތީމް ޕާކު ސަރަހައްދުގައި ނޫސްވެރިންނާ ބައްދަލުކޮށް، މައުލޫމާތު ދެމުން ފުލުހުން ބުނީ ހަށިގަނޑު އޮތީ ވަރަށް ދުވަސްވެފައި ކަމަށާއި، އެއީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލުނު އުމުރުން 27 އަހަރުގެ އަޒްހާން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

މި މައްސަލައިގައި އަދި އެއްވެސް މީހެއްގެ މައްޗަށް ތުހުމަތު ނުކުރެވޭއިރު، އަޒްހާންގެ ފޯނުވެސް އަދި ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން ޔަގީން ކުރެވޭނީ ޕޯސްޓްމޯޓަމްއަށް ފަހު ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
އަޒްހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ސެޕްޓެމްބަރު 19، ގެ ރޭގަނޑު 7:00 ގަ އެވެ. އޭނާ ހޯދަމުންދާތާ މިއަދަށް 14 ދުވަސްވެފައިވާއިރު، މިރޭ ފެނުނު ހަށިގަނޑު މިހާރު ވަނީ މޯޗަރީއަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ