- Advertisement -ad image

ދަނޑުވިނަ ކޮއްޓެއް ބަލާނުލެވި ދެ ހަފްތާ ވުމަކީ ފަރުވާ ކުޑަ ކަމުގެ އިންތިހާ: ވައްޑެ

ad image

ގުޅުންހުރި ލިޔުންތައް


ދުއިސައްތަ މީޓަރު ހަމަނުވާ ދަނޑުވިނަ ކޮއްޓެއް ބަލާނުލެވި ދެހަފްތާ ވުމަކީ ފަރުވާ ކުޑަ ކަމުގެ އިންތިހާ ކަމަށް ވިދާޅުވެ، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ދިވެހި ފުލުހުންގެ ހިދުމަތަށް ފާޑު ވިދާޅުވެއްޖެއެވެ.


މިދިޔަ މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގެއްލުނު، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، އާދިއްތަ ދުވަހުގެ ހަވީރު 5:45ހާއިރު ފުލުހުންނަށް ފެނުނީ، އޭނާ ގެއްލުނުތާ ދެ ހަފްތާ ފަހުން، އެންމެ ފަހުން އޭނާ ސީސީޓީވީ ފުޓޭޖުން ފެނުނު ހިސާބާ، މާ ދުރުނޫން ސަރަހައްދެއްގެ ގަސްތަކެއްގެ ތެރޭގައި ވަނިކޮށެވެ.
ފުލުހުން ބުނެފައިވަނީ އެކަން އެނގުނީ ލިބުނު ސީސީޓީވީ ކެމެރާ ފުޓޭޖުތަކަކުން އެ ހިސާބުން ގެއްލިފައި ފެންނަންޖެހޭ އެހެން ހިސާބަކުން ނުފެނީމަ އެއީ ހޯދަން ރަނގަޅު ހިސާބެއްގެ ގޮތުގައި ގަބޫލުކުރެވިގެން ކުރި މަސައްކަތުން ކަމަށެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މެންބަރު ވައްޑެ ވިދާޅުވީ، އެންމެފަހުން ފެނުންތަނާ އިންވެގެން އޮތް 200 މީޓަރު ހަމަނުވާ ‘ދަނޑުވިނަ’ ކޮއްޓެއް ބަލާނުލެވި 2 ހަފްތާ ވުމަކީ ފަރުވާ ކުޑަކަމުގެ އިންތިހާ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންނަށް ގިނަ ބަޔަކު ފާޑު ކިޔަމުންދާއިރު މޯލްޑިވިއަންގެ އެމްޑީ ޖެނިފާ ވިދާޅުވީ، އަޒްހާން ގެއްލުނު ސަރަހައްދުން ދެ ހަފްތާ ފަހުން އޭނާގެ ހަށިގަނޑު ފެނީމަ އެނގެނީ ފުލުހުންނަށް ފުދޭ ވަރަކަށް ބެލިފައިވާ ކަން ކަމަށެވެ.


މީގެ އިތުރުންވެސް ކުރީގެ މަޝްހޫރު ފުޓްބޯލަ ކުޅުންތެރިޔާ ޒަރިޔަންދު ވިދާޅުވީ، ކޮންމެ އަހަރަކު ބިލިއަނުން ބަޖެޓް ދޭއިރު ފުލުހުން ޒިންމާ އަދާ ކުރަންޖެހޭ ކަމަށެވެ.


ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން ޔަގީން ކުރެވޭނީ ޕޯސްޓްމޯޓަމްއަށް ފަހު ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
އަޒްހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ސެޕްޓެމްބަރު 19، ގެ ރޭގަނޑު 7:00 ގަ އެވެ. އޭނާ ހޯދަމުންދާތާ މިއަދަށް 14 ދުވަސްވެފައިވާއިރު، މިރޭ ފެނުނު ހަށިގަނޑު މިހާރު ވަނީ މޯޗަރީއަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ