- Advertisement -ad image

ޑެންގީ ޖެހިގެން 8 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ޑެންގީ ހުން ޖެހިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ 8 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
މިއަދު ހެނދުނު ނިޔާވެފައިވަނީ ރ ކަނދޮޅުދޫ ކުއްޖެކެވެ.
ވަގުތު އޮންލައިންއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ ރ. އަތޮޅުން ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗްއަށް ގެނައި ކުޑަ ކުއްޖަކު މިއަދު ހެނދުނު ނިޔާވެފައިވާ ކަމަށެވެ.

ޑރ ފައިސަލް އިތުރަށް ވިދާޅުވީ މިދުވަސްވަރު ރ. އަތޮޅާއި މ. އަތޮޅުގައި ކުޑަކުދިންނަށް ޑެންގީ ހުން ޖެހެމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން މިހާރުވެސް ހާލު ސީރިއަސް ވެގެން މ. އަތޮޅުން ތިން ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ