- Advertisement -ad image

އިންޑިއާއިން ދިވެހި އަސްކަރިއްޔާއަށް 24 ވެހިކަލް ހަދިޔާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް 24 ވެހިކަލް ހަދިޔާކޮށްފިއެވެ.

މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރަސްމީކޮށް މި ވެހިކަލްތައް ދިވެހި އަސްކަރިއްޔާއަށް ޙަވާލުކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާއެވެ.
ދިވެހި އަސްކަރިއްޔާއިން މި ވެހިކަލްތަކާ ޙަވާލުވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ