- Advertisement -ad image

އަޒްހާންގެ ފޯނު ހޯދައިފި، އެކަމަކު މަރާލާފައިވާ ކަމަށް ބެލެވޭ އެއްވެސް ހެއްކެއް އަދި ނެތް: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދަމުންދާ އަޒުހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް އާދިއްތަ ދުވަހު ފެނިފައިވާއިރު މިހާރު އޭނާގެ ފޯނުވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަޒުހާންގެ ފޯނު ފެނުނު ކަމުގައި ވިއަސް އޭނާ މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މިމައްސަލައިގެ ތަހުގީގަށް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ، މިމައްސަލާގެ ތަހުގީގުގައި މުހައްމަދު އަޒުހާން އެންމެ ފަހުން ބައްދަލުވި ކަމަށް ފާހަގަ ކުރެވުނު މީހުންނާއި ސުވާލުކޮށް، އެމީހުން ފޯރުކޮށްދިން މައުލޫމާތު، ފުލުހުންގެ ސީސީޓީވީ ފުޓޭޖުތަކާއި އަމިއްލަ ފަރާތްތަކުގެ ސީސީޓީވީ ފުޓޭޖުތަކުގެ އެހީގައާ އަދިވެސް އެހެނިހެން ގޮތްގޮތުން ކަށަވަރުކޮށްފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން އަޒުހާން މާލެއަށް ގޮސްފައިވޭތޯ ބެލުމުގެ ގޮތުން މާލޭގެ ސީސީޓީވީ ފުޓޭޖުތައް ބެލުމުގެ އިތުރުން ފުރައިގެން އެއްވެސް ދިމާއަކަށް ގޮސްފައިވޭތޯ ބެލުމުގެ މަސައްކަތްވެސް ފުލުހުން ކުރި ކަމަށް ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޓެކްސީއެއްގައި ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ގެސްޓްހައުސް އަކަށް ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަަށާއި އަޒުހާން ދިޔަ ގެސްޓްހައުސް އާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަވަށްޓެރި ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރި ކަމަށެވެ.
މިގޮތުން ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް 26 ސެޕްޓެމްބަރުގައި ހުޅުމާލެ ނިރޮޅު މަގުގައި ހުންނަ ސްކޭޓްޕާރކް ސަރަހައްދާއި ވޯޓަރ ތީމް ޕާރކް ހަދަން ދޫކޮށްފައި އޮތް ސަރަހައްދު ބަލައި ފާސް ކުރި ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މަސައްކަތުގެ ތެރެއިން ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖުތަކެއްގެ އެހީގައި ލިބުނު މައުލޫމާތުތަކުން، ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާރކާ ދިމާ އަތިރިމައްޗަށް މުހައްމަދު އަޒްހާން ފައިބާ މަންޒަރާއި އެއަށްފަހު އަތިރިމަތިން އެއްގަމަށް އަރައިގެން އައިސް ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނިކުންނަކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިމައުލޫމާތާއެކު މުހައްމަދު އަޒުހާން ދެން ފެންނާނެ ކަމަށް ބެލެވުނު ތަނާ އެންމެ ކައިރިން ލިބެންހުރި ސީސީޓީވީ ފުޓޭޖު ނަގާ ބެލިއިރު، އެ ފުޓޭކުތަކުން އަޒުހާން ފެނިފައިނުވާތީ އަނެއްކާވެސް ސްކޭޓް ޕާކު ހިމެނޭ ސަރަހައްދު ބަލައި ފާސް ކުރަން ފުލުހުން ނިންމީ ކަމަށް ބުނެފައިވެއެވެ.
އެގޮތުން މިމަހުގެ ދެވަނަ ދުވަހު އެސަރަހައްދު ބަލައި ފާސް ކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ވޯޓަރ ތީމް ޕާކް ހެދުމަށް ދޫކޮށްފައިވާ ސަރަހައްދާ ދިމާ ނިރޮޅުމަގު ހުޅަނގު ފަރާތް ބަލާ ފާސްކުރި އިރު އެ ސަރަހައްދުގެ ވެޔޮތަކުގެ ތެރެއިން އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ޑީކޮމްޕޯސްވެފައިވަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ