- Advertisement -ad image

ޑެންގީ ޖެހިގެން 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ޑެންގީ ޖެހިގެން މިއަދު 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އއ. ތޮއްޑޫ/ ރަންމުތް/ އާދަމް ވިޔާމްއެވެ.
ވިއާމްގެ ގާތް މީހަކު މި ނޫހަށް ބުނީ ހުން އަންނާތީ ހޮސްޕިޓަލަށް ވިއާމް ދިޔައީ މީގެ ދެހަފުތާ ވަރު ކުރިން ކަމަށެވެ. އަދި ހުން ނުފިލާ ހުރި ސަބަބަކީ ޑެންގީ ކަން އެނގުނީވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮަށް ހެދި ޓެސްޓްތަކުން ކަމަށެވެ.
ވިއާމް އަކީ ‘ސިކްލް ސެލް އެނީމިއާ’ ހުންނަ ކުއްޖެއް ކަމުން ޑެންގީ ޖެހިގެން ގުނަވަންތައް އަވަހަށް ފެއިލްވީ ކަމަށް ބެލެވޭ ކަމަށް ވެސް އެފަރާތުން މައުލޫމާތު ދިނެވެ.
ވިއާމް ނިޔާވެފައިވަނީ އައިސީޔޫގައި ވެންޓިލޭޓަރަށްލައިގެން ފަރުވާ ދެމުން ދަނިކޮށެވެ.
ވިއާމް ދިޔައީ މަތީ ތައުލީމަށް ކިޔަވަން ތައްޔަަރު ވަމުން ކަމަށާއި އޭނާއަކީ ވަރަށް އަހުލާގު ރަނގަޅު ހިތްހެޔޮ ކުއްކެއް ކަމަށް އެ އެކުވެރިޔާ ކިޔައިދިނެވެ.
ވިއާމްގެ ކަށުނަމާދު އޮންނާނީ އާސަހަރާ މިސްކިތުގައި މިއަދުގެ އަސުރު ނަމާދަށް ފަހުއެވެ.

މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން ދެއްވުމަށް ވީހާ ވެސް ގިނައިން ހެޔޮ ދުޢާ ކުރައްވާށެވެ. ކަށްވަޅުގައި މައްޔިތާ ބޭއްވުމަށްފަހު ވަގުތުކޮޅެއް ވަންދެން އެމައްޔިތާއަށް ސާބިތުކަން ދެއްވުމަށް އެދި ދުޢާކުރުމަށް މާތް ނަބިއްޔާ ﷺ ވަނީ އުންމަތަށް އިރުޝާދު ދެއްވާފައެވެ.
މާތް ﷲ ގެ އަޅުތަކުންނޭވެ! މާތް ﷲ އަށް ބިރުވެތިވެ ތަޤުވާވެރިވާށެވެ. ކޮންމެ މަރަކީ ދިރި ތިބީންނަށް އިބުރަތެކެވެ. ފިލާވަޅެކެވެ. ހަނދާންކޮށް ދިނުމެކެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް މަރުވާނެ މީހެކެވެ. ﷲ ގެ ޙަޟްރަތަށް ރުޖޫޢަވާން ޖެހޭނެކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތާ ނުލާށެވެ.آمیـــــــــــــن یارب العالمين

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ