- Advertisement -ad image

ގޮތް ނޭނގޭ މަރުތައް އިތުރުވަމުން ދާތީ މަޖިލީހަށް ކުއްލި މައްސަލައެއް

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގައި ގޮތް ނޭނގޭ މަރުތައް ގިނަވަމުން އަންނަ މައްސަލައާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒްހާންގެ މައްސަލާގައި ފުލުހުން ފަށާފައިވާ ތަހުގީގު ފުޅާކުރަން ގޮވާލާފައިވެއެވެ.
މި ކުއްލި މައްސަލައިގައި ބުނެފައިވަނީ އަޒްހާން ހޯދަން ފުލުހުން ހިންގި ތަހުގީގާ މެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށާއި އަޒްހާން ގެއްލުނުތާ 15 ގިނަ ދުވަސް ތަކެއް ވީ އިރުވެސް އޭނާއަށް ވީގޮތެއް ނުހޯދި އޮތުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ގޮތް ނޭނގޭ މިފަދަ އެތައް މަރުތަކެއް ހިނގާއިރު އެކަންކަމާ ގުޅޭ އެކަށީގެންވާ މައުލޫމާތު އާންމުނުކުރާ ކަމަށެވެ.
އަދި އާންމުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ފުލުހުންނާއި ހޯމް މިނިސްޓްރީގެ ދައުރު ފުޅާކޮށް އެފަދަ މައްސަލަ ހައްލުކުރުމަށް ފުލުހުންގެ އިދާރާގެ ހުރިހާ ވަސީލަތެއް ބޭނުންކުރުމަށާއި، މިފަދަ ކަންކަން އިތުރުވާ ސަބަބުތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް ގޮވައިލައްވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ