- Advertisement -ad image

ބޮޑު ވަފްދަކާއެކު މިފަހަރު ރައީސް ވަޑައިގަންނަވަނީ ބަހުރެއިން އަށް

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބަހުރެއިން އަށް މާދަމާ ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޞާލިޙު މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހަށް ބަހުރައިނަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅަކީ އެމަނިކުފާނަށް ބަހުރައިނުގެ ރަސްގެފާނު ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ޞާލިޙު އެންމެ ފަހުން ބޭރަށް ވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގެ ރާނީ އެލިޒެބެތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށެވެ. އެ ޤައުމަށް ރައީސް ވަޑައިގަތީ ސެޕްޓެންބަރު 17 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ