- Advertisement -ad image

ދެއްކުނު ވާހަކަ ފަހުމުވެ އެންމެ ފަހުން މިނިސްޓަރު މަހްލޫފް މާފަށް އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ރާ ވިއްކުން ހުއްދަ ކޮށްފައި ކެސީނޯ ހިންގުން ހަރާމް ނުކުރެވޭނެ ކަމަށް ވިދާޅުވި މަހްލޫފު މިއަދު މާފަށް އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދެއްކެނު ވާހަކަ ފަހުމުވެވަޑައިގެން މަހްލޫފު ވަނީ މިއަދު މާފަށް އެދި ޓުވީޓެއް ކުރައްވާފައެވެ.
އެގޮތުން ވިދާޅުވީ، ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން ކަމަށެވެ.
އަދި ކެސީނޯ އެޅުމަށަ ވަކާލާތުކުރާ މީހެއްވެސްނޫން ކަމަށާއި އަދި އެކަމަށް ޝައުގުވެރިކަމެއް ހުރި މީހެއްވެސްނޫން ކަމަށް މަހްލޫފު ވިދާޅުވިއެވެ.
އެނާގެ މަސައްކަތާ އެކަމާ ގުޅުމެއްވެސްނެތް ކަމަށާއި
‏އިއްޔެގެ ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށްއެދި އެކަން ޔަގީންކޮށްދޭ ކަމަށް ވިދާޅުވިއެވެ.


ރިސޯޓްތަކުގައި ބަރާބަރަށް ރާ ވިއްކައި ހުރިހާ ސަކަރާތެއް ޖަހާ ކަމަށާއި ރާ ވިއްކުން ހުއްދަކޮށްފައި ކެސީނޯ ހިންގުން ހަރާމްނުކުރެވޭނެ ކަމަށް މަޖިލިޙުގެ ޖަލްސާގައި މަހްލޫފު ވިދާޅުވީ ޓީވީތަކުން ލައިވްވެސް ކުރަމުން ދަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން މަހްލޫފު ވިދާޅުވީ، ކެސިނޯގެ ނަން ބުންޏަސް އަދި އެ ވާހަކަ ދައްކަން ފެށިއަސް އެ ވާހަކަދައްކާ މީހަކު ގޯސްވެ ކުށްވެރިވާ ކަމަށެވެ.
އަދި ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯ ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެންޖެހޭކަމަށް މަހްލޫފު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ