- Advertisement -ad image

އަދުރޭ ރައީސަށް: ވީއައިއޭގެ ތަރައްގީ ފެށީ ތިމަންނާ ވިހޭ ދުވަހުއޭ ނުބުނީ ކީއްވެ؟

ad image

ގުޅުންހުރި ލިޔުންތައް

ރައީސް ސާލިހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްގީ ފެށީ ތިމަންނާ ވިހޭ ދުވަހުއޭ ވިދާޅުވި ނަމަ މާ ފުރިހަމަވީސް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ވެލާނާ އެއަރޕޯޓްގެ ތަރައްގީ ފެށީ މީގެ 12 އަހަރު ކުރިން ކަމަށް ރައީސް ސާލިހު ވިދާަޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ، ރައީސް ސާލިހު ވިހޭ ދުވަހު ވީއަެިއޭ ހަދަން ފެށިއޭ ވިދާޅުވި ނަމަވެސް މަވެތިކަމުގެ އަހުލުވެރިން ހަގީގަތް އެނގިތިބެވެސް ހަމަ ހީހީފާ އަތްޖަހާނެ ކަމަށެވެ.
އަދި ދޮގާ މަކަރާ އޮޅުވާލުމުގައި ރައީސް ސާލިހު ފަދަ ހުޝިޔާރު ވެރިޔަކު ދުނިޔޭގެ އެއްވެސްތަނަކަުން އަތްފުނާ އެޅިޔަސް ނުފެންނާނެކަން ކަށަވަރު ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
މިއަދު ބޭނުން ކުރަން ފެށި ވެލާނާ އެއަރޕޯޓްގެ ރަންވޭގެ މަސައްކަތަކީ 2017 ވަނަ އަހަރު ދިވެހި ސަރުކާރުން ޗައިނާގެ އެގްޒިމް ބޭންކުން 150 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ހިންގި މަޝްރޫއެކެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި 18 ސެޕްޓެމްބަރު 2018 ގައި ވަނީ މި ރަންވޭގައި ފުރަތަމަ ބޯޓު ޖައްސާފައެވެ. ނަމަވެސް މިސަރުކާރުން މި ރަންވޭ ބޭނުން ނުކޮށް ބާއްވާފައި އޮންނަތާއި މިހާރު ހަތަރު އަހަރު ވަނީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ