- Advertisement -ad image

ހިޔާ ފްލެޓަށް ފައިސާ ދެއްކުމުގެ އިންތިޒާމު ހިޔާ ޓަވަރުގައި ހަމަޖައްސައިފި!

ad image

ގުޅުންހުރި ލިޔުންތައް

ހިޔާ ފްލެޓަށް ފައިސާ ދެއްކުމުގެ އިންތިޒާމު ހިޔާ ޓަވަރުގައި ހަމަޖައްސާފައިވާ ކަން އެޗްޑީސީން އިއުލާންކޮށްފިއެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނީ ސަރުކާރުން ގާއިމުކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމު މިމަހުގެ 13 އިން ފެށިގެން ހިޔާ ޓަވަރުގައި ގާއިމުކޮށްފައިވާ މެނޭޖްމަންޓް އޮފީހުން ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން ހިދުމަތް ދޭނެ ގަޑިތަކަކީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ 9:30 އިން މެންދުރު ފަހު 13:00 އަށް ކަން އެޗްޑީސީން ހާމަކުރެއެވެ.

އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް ކާޑު ނުވަތަ ޗެކް މެދުވެރިކޮށް ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިފަހުން ކުލި ދެއްކުން ދެ ފަހަރެއްގެ މަތިން ވަނީ ފަސްކޮށްފައެވެ. އެގޮތުން މިހާތަނަށް ފްލެޓްވެރިންނަށް ވަނީ ހަމަސް ދުވަހު ކުލި ނުދައްކާ އުޅުމުގެ ފުރުސަތު ދީފައެވެ.

މީގެ އިތުރުންވެސް އެޗްޑީސީން މިމަހުގެ ކުލި ދެއްކުމަށް ފްލެޓްވެރިންނަށް އެންގުމުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ. އަދި ކުލި ކުޑަކޮށްދިނުމަށް އެދިސަރުކާރަށް ހުށަހެޅުމަށްވެސް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ވަނީ އެނގިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ