- Advertisement -ad image

ބަންޑުންޖަހާލި ލޯންޗުން މީހަކު ގެއްލިގެން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް

ލޯންޗެއް ބަންޑުން ޖަހާލައި އޭގެން ދަތުރު ކުރި ދިވެހި ފިރިހެނަކު ގެއްލިއްޖެއެވެ.

ފުލުހުން ބުނީ މިމަހުގެ 6 ވަނަދުވަހުގެ 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
‏ލޯންޗުފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާއިން ކަމާއި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުންކަމަށް ފުލުހުން ހާމަކުރެއެވެ.
ލޯންޗުން ދަތުރުކުރި އެކަކު، އޮކްޓޯބަރ 5 ވަނަ ދުވަހުގެ 13:00 ހާއިރުން ފެށިގެން ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮކްޓޯބަރ 6 ވަނަ ދުވަހުގެ 20:50 ހާއިރު ކަމަަށްވެސް ފުލުހުން ހާމަކުރެއެވެ.

އަދި އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން މިއަދުވަނީ ފެނިފައި ކަމަށާއި އެތަނުން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިންވަނީ ފެނިފައި ކަމަށް ފުލުހުން ހާމަކުރެއެވެ.
ފެރިދޫ ސިއްހީ މަރުކަޒުގައި އެ މީހާއަށް ފަރުވާދެމުން ދާއިރު ދެ ވަނަ މީހާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން ކަމަަށްވެސް ފުލުހުން ހާމަކުރެއެވެ.
މީހާ ފެނިއްޖެ ނަމަ ނުވަތަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމާ 119 ނުވަތަ 3322111 އަށް ހިއްސާކުރުމަށް ފުލުުުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ