- Advertisement -ad image

އިންޓަރނެޓު އަގުހެޔޮ ކުރުމަކީ، މިސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


އިންޓަރނެޓު އަގުހެޔޮ ކުރުމަކީ، މިސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށާއި އެލަނޑުދަނޑިއަށް ވާޞިލްވުމުގައި ބަޓެލްކޯއިން ވަމުންދާ އެހީއަށް ރައީސް ސާލިހު ޝުކުރު އަދާކޮށްފިއެވެ.
ބަހްރެއިން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާއި ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ.
މިބައްދަލު ކުރެއްވުމުގައި ބަޓެލްކޯގެ ޗެއާމަން، ޝައިޚް ޢަބުދުﷲ ބިން ޚަލީފާ އަލް ޚަލީފާ ދެއްކެވި ވާހަކަފުޅުގައި، އެކުންފުނިން ދެކޭ ގޮތުގައި، ކޮންމެ އިޤުތިޞާދެއްގެ ބިންގަލަކީވެސް، ޓެކްނޮލޮޖީ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ބަޙްރައިންއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގެ ތެރެއިން ދިރާގާއި ބަޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ، ލިބިވަޑައިގެންނެވި ފަޚުރެއްކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ބަޓެލްކޯ އާއިއެކު ވެވުނު ސައިބަރ ސެކިއުރިޓީ އެއްބަސްވުމުގެ ސަބަބުން، ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް ޚިދުމަތްތައްދޭ ،ޤައުމީ، އަދި ބައިނަލްއަޤުވާމީ ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ