- Advertisement -ad image

ފަނޑިޔާރުން އައްޔަނު ކުރަނީ ތައުލީމަށާއި ގާބިލްކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަލާފައި: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް

ފަނޑިޔާރުން އައްޔަން ކުރަނީ ތައުލީމަށާއި ގާބިލްކަމުގެ އިތުރުން މުޖުތަމައުގައި އެމީހެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި

މެންބަރުންނަށް ފުރުސަތު ދެއްވުމުގެ ކުރިން ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ، ބަލައިގަނެވޭ ރިކޮގްނައިޒްޑް ޔުނިވަރސިޓީއެއްގެ ޑިގްރީއެއް ނެތި ޖަޖަކު އެޕޮއިންޓް ކުރެވުނު ހަނދާން ނުވާ ކަމަށެވެ.
އަދި މަޖިލީހުގެ މެންބަރުންވެސް އެއްބަސްވާނީ ޖަޖުން ނޫނީ ފަނޑިޔާރުން އައްޔަންކުރުމުގައި ގާބިލްކަމާއި އަދި ތައުލީމީ ފެންވަރާއި އަހުލާގާ އެމީހުން މުޖުތަމައުގައި ދިރިއުޅެމުން އަންނަ ގޮތާއި މިހުރިހާ ކަމަކަށް ބަލާންޖެހޭ ކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި އިސްލާހަށް ބަހުސް ކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ، ކޯޓުތަކުގައި ތިއްބަވަން ޖެހޭނީ ކޮންމެ މައްސަލައެއްގެވެސް ކޮމްޕްލިކޭޝަންސް ރަނގަޅަށް ދެނެތިބެގެން ދިރާސާކޮށްގެން ނަތީޖާއެއް ނެރެވޭވަރުގެ ބޭފުޅުން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ތައުލީމީ އަދި ތަޖުރިބާ ހުރި ފަނޑިޔާރުން ދާއިރާގައި ހިފަހައްޓަންޖެހޭ ކަމަށާއި އެބޭފުޅުންނަށް ދެވޭ ތަމުރީނު ތަކާއި އެކީ ސިސްޓަމްގެ ތެރޭގައި އެބޭފުޅުން ދެމެހެއްޓުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އެހެންކަމުން ފަނޑިޔާރުން ރިޓަޔަރ ކުރާ އުމުރަކީ 65 އަހަރު ކަމަށް އޮތުމަކީ ރަނގަޅު އިސްލާހެއް ކަމަށް މެންބަރު ވިދާާޅުވިއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް، ބޯހިޔާވަހިކަމެއް ހޯދުމަށް މަގުފަހިކޮށްދިނުންވެސް ހިމެނެއެވެ.

މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ، ކެޔޮދޫ ދާއިރާގެ މެންބަރު ޙުސައިން ޤާސިމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ