- Advertisement -ad image

ޒަކާތުގެ ގޮތުގައި މިހާތަނަށް 8 ލައްކަ ރުފިޔާ ލިބިއްޖެ!

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަސް ނިމުނުއިރު ފިތުރު ޒަކާތުގެ ގޮތުގައި 8 ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ އެގާރަ ދުވަސް ނިމުނު އިރު ވަނީ 8 ލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން ލިބިފައެވެ

މިދިޔަ ރޯދަމަހުގެ ފުރަތަމަ ދިހައެއްގައި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ (އަށްލައްކަ ނުވަދިހަ ނުވަހާސް ތިރީސް ) ރުފިޔާއެވެ.

މިހާތަނަށް 19523 މީހުން (އަށްލައްކަ ހަތްދިހަ އަށްހާސް ހަސަތޭކަ ސާޅީސް ހަ) ރުފިޔާ ޒަކާތުގެ ގޮތުގައި ދައްކާފައިވެއެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެމިނިސްޓްރީން އަންނަނީ ފިތުރު ޒަކާތް ބަލައިގަންނަމުންނެވެ. ޒަކާތް ދެއްކި މީހުންގެ ތެރެއިން އޮންލައިންކޮށް ޒަކާތް ދައްކާފައިވަނީ 1465.

ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގެ ހޯލުން ކުރިއަށްގެންދާއިރު މި ގޮތަށް ހަމަޖައްސާފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އުދަނގޫ ފަރާތްތަކަށެވެ. މިނިސްޓްރީން ޒަކާތްބަލައިގަންނަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރު 1 އާއި ހަމައަށެވެ.

ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ 28ވަނަ ދުވަސް ( 29 އެޕްރީލް ) އާއިހަމައަށް ފިޠުރު ޒަކާތްދެއްކޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ.

އަދި މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތްބަލައިގަތުން ރަމަޟާންމަހުގެ އެންމެފަހު ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ