- Advertisement -ad image

ބައެއް މެންބަރުން މަޖިލީހަށް ވަޑައިގަންނަވަނީ، މަސްތުގެ ހާލަތުގައި: ޝަރީފު

ad image

ގުޅުންހުރި ލިޔުންތައް


ބައެއް މެންބަރުން މަޖިލީހަށް ވަޑައިގަންނަވަނީ ރާ ހިއްޕަވައި މަސްތުވާތަކެތި ބޭނުންކުރައްވައިގެން، މަސްތުގެ ހާލަތުގައި ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ޝަރީފު ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ވަންނަ ދޮރުމަތީގައި މަސްތުގެ ހާލަތުގައި ހުރިކަން ދެނެގަންނަ މެޝިނެއް ބަހައްޓައި މަޖިލީހުގެ މެންބަރުން މަސްތުވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހަކީ ޒިންމާދާރުކަމާއެކު ރަނގަޅު ބަހުސްތަކެއް ކުރެވޭ ތަނެއް ކަމުގައި ހަދަންޖެހޭކަމަށް ޝަރީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އޮންނަ ޒާތީ ރުޅިވެރިކަމާއި ތައައްސުބުގައި މަޖިލީހަކީ ޒުވާބުކުރާ ތަނަކަށްވެގެންނުވާނެ ކަމަށެވެ.
އަދި ޤައުމު ސުންނާފަތިވިޔަސް ވަރިހަމަ ބަޔަކު ތިބި ތަނަކަށްވެސް މަޖިލިސް ހަދައިގެންނުވާނެ ކަމަށް ޝަރީފުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޝަރީފުގެ ވާހަކަފުޅު އެ ހިސާބަށް ދިއުމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ އެހިސާބުން އެމަނިކުފާނަށް ޖެހިވަޑައިގަންނަވަނީ ޝަރީފުގެ ވާހަކަފުޅު ހުއްޓުވަން ކަމަށެވެ. އަދި ވިދާޅުވީ ރަނގަޅު މަގަށް މެންބަރު ޝަރީފު އަމަލުކުރެއްވުމުން ރަނގަޅުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ