- Advertisement -ad image

މާލޭގެ ގެއަކުން ދުން އަރާތީ ފުލުހުން ވަންއިރު ބަނގުރާ ކައްކަނީ!

ad image

ގުޅުންހުރި ލިޔުންތައް


މާލޭގެ ގެއަކުން ދުން އަރާތީ ލިބުނު މައުލޫމާތަކާ ގުޅިގެން ވަންއިރު ތިބީ ބަނގުރާ ކައްކަން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހެންވެއިރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާ ކަމަށް 6:12 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެމްއެންޑީއެފާއި ފުލުހުން އެ ގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން އެ ގެއަށް ވަނީ ކަމަަށް ފުލުހުން ބުނެޏެވެ.
އެގޭތެރެއިން ދުން އަރަމުންދިޔައީ ބަނގުރާ ކައްކަމުން ދާތީ ކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުންވެސް ބަނގުރާ ކެއްކުމަަށް ބޭނުންކުރާ ގިނަ ސާމާނު އެގޭތެރެއިން ފެނިފައިވާ ކަމަަށް ފުލުހުން ހާމަކުރިއެވެ.
ފުލުހުން ދަނީ އަދިވެސް އެސަރަހައްދުގައި ހަރަކާރްތެރިވަމުންނެވެ.

ފުލުހުން ބުނީ މިމައްސަލަ އާއި ގުޅިގެން އެގޭތެރެއިން 34 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ