މޫސުން ގޯސްވާނެކަމަށް ލަފާކޮށް ށ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 9:15އިން ފެށިގެން މެންދުރު 13:00އާ ހަމައަށް ށ.އަތޮޅުން ފެށިގެން ދ.އަތޮޅަށް ސަމާލު ނެރެފައެވެ.
މިވަގުތުތަކުގައި މިސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
ކުރިއަށް އޮތް 24 ގަޑިއަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަރަށްބޮޑަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ.
ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުފަތުރުކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.



