- Advertisement -ad image

މޫސުން ގޯސްވެ ވައިގަދަ ދުވަސްވަރަކަށްވުމާއެކު، ބްރިޖް ބޭނުންކުރާއިރު ސަމާލުވުމަށް އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މޫސުން ގޯސްވެ ވައިގަދަ ދުވަސްވަރަކަށްވުމާއެކު، ސިނަމާލެ ބްރިޖް އަދި ލިންކު ރޯޑް ބޭނުންކުރާ އެންމެހާ ފަރާތްތަކުން ސަމާލުވެގެން ދުއްވުމަަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ބުރުގާ އަޅާ ފަރާތްތަކުން ބްރިޖް މަތީގައި ދުއްވާއިރު، ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުމާއި ވިއްސާރަ ކޯޓު ބޭނުންކުރާ ފަރާތްތަކުން، ވަޔާއެކު ކޯޓު ހަލާކުވެގެން ގޮސް އެހެން މީހުންގެ މޫނުމަތީގައި ނޭޅޭނެ ފަދަ ރަނގަޅު ފެންވަރުގެ ކޯޓެއް ބޭނުން ކުރެއްވަމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ވައިގަދަވާ ވަގުތުތަކުގައި އުޅަނދުގެ ސްޕީޑް ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ބެހެއްޓުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ފުލުހުން ބުނީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން މިކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މިހާރުވެސް މެޓު އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ