- Advertisement -ad image

ކާށިދޫ ކަނޑުން އިންޖީނު ހުއްޓުނު ކަންނެލި ދޯންޏެއް އޮޔާދަނީ

ad image

ގުޅުންހުރި ލިޔުންތައް


ކ.ކާށިދޫ ކަނޑުން، އިންޖީން ހުއްޓުނު ކަންނެލި ދޯންޏެއް އޮޔާދާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހަ މީހުންނާ އެކު މިއަދު މާލެއިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް، ކާށިދޫގެ ހުޅަނގުން 12 ނޯޓިކަލް މޭލް ބޭރުން “ހައިރާތު” ނަމަކަށް ކިޔާ އެ ދޯނީގެ އިންޖީނު ހުއްޓިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް ލިބުނީ މިއަދު 11:01 ހާއިރު ކަމަށެވެ.
އެ ވަގުތު އެ ހިސާބުން ދަތުރުކުރި “ދަ ފިއުލް 08” ނަމަކަށް ކިޔާ ތެޔޮބޯޓެއް ދޯންޏާ ކައިރިކޮށް ކަފުޖަހަން މަސައްކަތްކުރި ކަމަށާއި، އަދި، ކަނޑުގަދަކަމުން ކަފު ނުޖެހިގެން، އެ ދޯންޏާ ކައިރިކޮށް ފަހުން ދެ ފަރާތުން ވާ އައްސާފައިވާކަމުގެ މަޢުލޫމާތު ލިބުނު ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
އަދި ކަނޑުގަދަކަމުން ނުދުއްވޭ ކަމާއި ދޯނީގައި އައްސާފައިވާ ވާ ކަނޑައިގެން ގޮސްފިނަމަ ދޯނި އަޑިއަށް ގޮސްދާނެކަމަށް ވެސް އެ ދޯނިން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
މި މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް “ހަކުރާ” ލޯންޗު ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އަދި، ދޯނީގެ ވެރިފަރާތާ ގުޅިގެން، އެ ދޯނި ކަފުޖެހުމަށް ކާށިދޫން މިއަދު 14:00 ހާއިރު ވަނީ އިތުރު އުޅަނދެއް އެ ސަރަހައްދަށް ފުރުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ