- Advertisement -ad image

ނައިފަރު މަގުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް އެ ދާއިރާގެ މެމްބަރު ގޮވާލައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ޅ ނައިފަރުގެ މަގުތަކުގެ މަސައްކަތް ވީހާވެސް އަވަކަށް ފައްޓަވައިދިނުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަމުންދާ ބޯވިއްސާރައިގެ ސަބަބުން ނައިފަރުގެ މަގުތަކުގައި ފެންބޮޑުވެ ގޭބިސީތަކަށް ފެންވަދެ ބޮޑެތިގެއްލުންތަކެއް ވަނީލިބިފައެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝިޔާމް ވިދާޅުވީ، ނައިފަރު މަގުތައް ހެދުމަށް ވަނީ މިއަހަރުގެ ބަޖެޓުގައިވެސް ޖަހާފައި ކަމަށެވެ.
ވިއްސާރަވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ޅ.ނައިފަރުގައި ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ އެންޑް ރެސްކިޔު ކޮންޕޯނަންޓްގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އެގޮތުން އެމްޑީއެފުން ވަނީ ނަފަރުގެ އެކިއެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށާއި ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތައް ދިމާވަމުން ދާތީ، އެ ސަރަހައްދުތަކުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން މިއަދުގެ މެންދުރު 12:00 ހާއިރުން ފެށިގެން އެ ސަރަހައްދުތަކަށް ގޮސް ހަރަކާތްތެރިވެފައެވެ.
މިގޮތުން، ޅ.ނައިފަރުގެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެންގަނޑުތައް ހިއްދާލުމަށް ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ