- Advertisement -ad image

ހާއްސަ އިނާމާ ބެހޭ ކޮމިޓީ އަލުން އެކުލަވައިލައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ކޮމިޓީ އަލުން އެކުލަވައިލައްވައި، އެ ކޮމިޓީއާ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ބައްދަލުކުރައްވައިފިއެވެ.

ހާއްސަ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވައިލެއްވިއިރު، ކުރިން ކޮމިޓީގައި ހިމެނިވަޑައިގެންނެވި 5 ބޭފުޅަކު ކޮމިޓީގައި ވަނީ ހިމަނުއްވާފައެވެ. ކޮމިޓީގެ ޗެއަރޕަރސަނަކަށް ހަމަޖެއްސެވީ، ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ޑޮކްޓަރ ޢަބްދުލްއަޒީޒް ޔޫސުފާއި، ޑޮކްޓަރ އަހްމަދު އަލިމަނިކާއި، އާއިޝަތު ޝާހީނާއި، މަރްޔަމް ޝިފްޒާނެވެ. ކޮމިޓީއަށް އަލަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ، ޑޮކްޓަރ އަބްދުލްމުހްސިން މުހައްމަދާއި، އަލްއުސްތާޛާ އާއިޝަތު ސަމާހެވެ.

މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރު ކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާހިލާފު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ފަރާތްތަކަށްވެސް މި އަހަރު މި އިނާމު ދޭނެ ގޮތްތަކެއް ކަނޑައެޅުމަށް އިސްކަންދިނުމަށް ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާ ރައީސް އެދިވަޑައިގެންނެވިއެވެ..

ހާއްސަ އިނާމަކީ، އިލްމާއި، ހުނަރާއި، އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާއެކު ހޯދާ ކާމިޔާބީތަކަށް ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ދެއްވުމުގެ މަގުސަދަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ހިތްވަރާއެކު ޢިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން މިސްރާބު ކުރުމުވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ