- Advertisement -ad image

ނިޔާވި ފަހުންވެސް ގިނަ އަނިޔާތަކެއް ޝިޔާއުގެ ހަށިގަނޑަށް ދީފައިވޭ: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް

އަނިޔާވެރިގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު (ޝިއާ) ނިޔާވި ފަހުންވެސް ހަށގަނޑަށް ގިނަ އަނިޔާތަކެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ޝިޔާއުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އަލީ ޝާހިލްގެ މައްޗަށް ކުށް ސާބިތު ކުރެވޭވަރުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށާއި ޝިޔާއު މަރާލުމުގައި އެހެން މީހެއްގެވެސް ބައިވެރިވުން ހިމެނޭ ކަމަށް ބެލެވޭ ހެކިވެސް ލިބިފައިވާ ކަމަށެވެ.
އަދި މިހާރު ޝާހިލްގެ ފޯނު ހުޅުވާފައިވާ ކަމަށާއި ފޯނުގެ އެކްސްޓްރެކްޝަން ޑޭޓާތައް ލިބުމުން ޝިޔާއު މަރާލުމުގެ މޯޓިވްގެ އިތުރުން ގިނަ ހެކިތަކެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މިހާތަނަށް ޝާހިލް ކުށަށް އިއުތިރާފުވެފައި ނުވާ ކަމަށާއި މިމައްސަލާގައި ސީދާ ވާހަކަ ދެއްކުމަށް ޝާހިލް ދެކޮޅު ހަދަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޝާހިލްގެ އެއްވެސް ނަފުސާނީ މައްސަލައެއް ހުރި ކަމަށް ތަހުގީގަށް އެނގިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ޝިޔާގެ ޕޯސްޓްމޯޓްގައި ގިނަ ބާވަތްތަކެއްގެ ކެމިކަލް ބޭނުން ކުރަންޖެހުމުން ޕޯސްމޯޓަމްގެ ދާއިމީ ނަތީޖާ ލިބުމަށް ގިނަ ދުވަސްތަކެއްވާނެ ކަމަށް އެކަން ކުރަމުންދާ ފަރާތުން އަންގާފައިވާ ކަމަށެވެ.

އަދި ހ.ޝީރީންވިލާގެ 09 ވަނަ ފަންގިފިލާގައި އަނިޔާވެރި ގޮތަކަށް މަރައިލި މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގެ ތަޙްޤީޤު މުޅިން ފުރިހަމަކޮށް ކުރިއަށް މި އޮތް ދެ ހަފުތާތެރޭ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެކަމަށް ފުލުހުން ހާމަކުރެއެވެ.

ޝިޔާގެ މަރަކީ ރާވައިގެން ކުރި ކަމަކަށްވުރެ ކުއްލިއަކަށް ދިމާވި ކަމަކުން ހިނގި ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ