- Advertisement -ad image

ބަލްކް ކެރިއަރެއްގައި ހުއްޓައި ހާލު ދެރަވި މީހަކަށް އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ބަލްކް ކެރިއައެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މޮރިޝަޝްއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ “އެމްވީ ލޭޑީ މިރާފް” ނަމަކަށް ކިޔާ ބަލްކް ކެރިއަރއެއްގައި ހުރި އުމުރުން 27 އަހަރުގެ ފިރިހެން ފަޅުވެރިއެއް ޞިއްޙީ ހާލުދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އޮކްޓޫބަރު 14 ވަނަ ދުވަހުގެ ހެނދުނު 07:00 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އަދި އެ ބަލްކް ކެރިއަރ، އައްޑު އަތޮޅު ގަމުގެ އުތުރުން ގާތްގަނޑަކަށް ތިން މޭލު ކައިރިއަށް ދަތުރުކުރުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޮކްޓޫބަރު 15 ވަނަ ދުވަހުގެ ރޭ 23:25 ހާއިރު ބަލްކްކެރިއަރ އޮތް ސަރަހައްދަށް ގޮސްފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ އެހީތެރިކަމާއެކު ބަލި މީހާ ބޯޓުން ބާލައި، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ރޭ 00:15 ހާއިރު ވަނީ ގެންގޮސްދީފައި ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ