- Advertisement -ad image

މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދުނު މީހުންގެ އަދަދު 35 ހާހުން މައްޗަށް!

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗާއި ފްލެޓަށް އެދި 35،861 މީހުން ސަރުކާރުގެ “ގެދޮރުވެރިޔާ” ޕޯޓަލް މެދުވެރިކޮށް ފޯމު ލައިފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކުރެއްވާފައިވާ ޓުވީޓެއްގައި ވަނީ މިކަމުގެ ތަފްސީލްތައް ހާމަކުރައްވާފައެވެ.
އެގޮތުން ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯއްޗަށް އެދި 15،164 މީހުން ފޯމްލާފައިވެއެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން 3 ކޮޓަރީގެ ފްލެޓަށް 14،489 މީހުން ފޯމްލާފައިވާއިރު މި މަޝްރޫއުގައި ހިމެނޭ 2 ކޮޓަރީގެ ފްލެޓަށް ފޯމްލާފައިވަނީ 6208 މީހުންނެވެ.
އެގޮތުން ފްލެޓަށް އެދި ޖުމުލަ 20،697 މީހުން ވަނީ ފޯމްލާފައެވެ.
މާލޭ މީހުނަށް ހާއްސަ “ބިންވެރިޔާ” އަދި “ގެދޮރުވެރިޔާ” ސްކީމްގައި މިފަހަރު ދޫކުރަނީ 3000 ގޯއްޗާއި 4000 ފުލެޓާއެކު 7000 ބޯހިޔާވައްސެވެ. ގޯއްޗާއި ފުލެޓް ދެނީ ހުޅުމާލެ އާއި ގުޅިފަޅުންވެ. ދެން ގިރާވަރު ފަރު ހިއްކައިގެންނެވެ.

ހައުސިން މިނިސްޓްރީން މި ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިއަ ޖޫން 26 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ