- Advertisement -ad image

ޑެންގީ ޖެހިގެން މިވަގުތުވެސް އައިޖީއެމް ހޮސްޕިޓަލުގައި 6 ކުޑަކުދިން!

ad image

ގުޅުންހުރި ލިޔުންތައް

ޑެންގީ ހުން ޖެހިގެން މިވަގުތުވެސް އައިޖީއެމް ހޮސްޕިޓަލުގައި ކުޑަ 6 ކުދިން އެޑްމިޓްކޮށްފައިވާ ކަމަށް ޑރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ހޮސްޕިޓަލުގައި މިހާރުވެސް މަންމަ އަކާ ދަރިފުޅު ކޮވިޑަށް ޕޮޒިޓިވްވެގެންވެސް ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެއް ކުއްޖަކު ކޮވިޑް ޖެހި ފިޓްޖެހިގެން ފަރުވާ ދެމުންދާއިރު އެއް ކުއްޖަކު ބޭރަށް ހިންގާތީވެސް އެޑްމިޓްކޮށްފައި އެބަ އޮތެވެ.


ޑރ ފައިސަލް ވިދާޅުވީ މިވަގުތު ވެންޓިލޭޓަރުގައި އާއި އެންއައި ސީޔޫގައި 5 ކުދިން އޮތްއިރު ގިނައީ ދުވަސް ނުފުރާ ވިހާފައިވާ ކުދިން ކަމަށެވެ.
އިތުރު އެއް ކުއްޖަކު އައިސީޔޫ ވެންޓިލޭޓަރުގައިވެސް ބާއްވައިގެން ފަރުވާ ދެމުންދާ ކަމަށް ކުޑަ ކުދިންގެ ހާއްސަ ޑޮކުޓަރު ފައިސަލް ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން ރާއްޖެއިން ވަނީ 5 މީހަކު ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ