- Advertisement -ad image

ލޮލަށް އަޅާ ބޭހެއްގައި ޑިފެކްޓެއް ހުރުމުން ސަމާލުވާން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް

މެލޭޝިއާގެ ކުންފުންޏަކުން އުފައްދާފައިވާ ލޮލަށް އަޅާ ބޭހެއްގައި ޑިފެކްޓެއް ހުރިކަން ފާހަގަވުމުން އެ ބޭހާއި މެދު ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.
އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ، މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ ޑްއޯފާމާ ( Duopharma M Sdn . Bhd ) އިން އުފައްދާ ލޮލަށް އަޅާ ބޭހެއް ކަމަށްވާ އެލާސިން އައި ޑްރޮޕްސް (Allersine eye drops) ގެ ބެޗް ނަންބަރު 200230L, 200827L, 193033L, 200608L, 200607L, އާއި 200825L ގައި ޑިފެކްޓެއް ހުރި ކަމަށް މެލޭޝިއާގެ ޑްރަގް ރެގިއުލޭޓަރީ “ނޭޝަނަލް ފާމަސޫޓިކަލް ރެގިއުލޭޓަރީ އެޖެންސީން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.

އަދި މި ބެޗްތަކުގެ ތެރެއިން ދެ ބެޗެއް ރާއްޖެއަށް ޑިސްޓްރިބިއުޓްކޮށްފައިވާ ކަމަށްވެސް އެ އެލާޓްގައި ބުނެފައިވެއެވެ.
މި ބޭހަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭހެއްކަމުން މި ބޭސް ރަޖިސްޓްރީކޮށްފައިވާ ފަރާތާއި ގުޅިގެން އެ އޮތޯރިޓީން މި ބޭހުގެ އެ ބެޗްތައް ނަގާނެ ކަމަށްވެސް ފުޑްއެން ޑުރަގް އޮތޯރިޓީން ބުނެފައިވެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލާ ފާސްކުރަމުންދާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ