- Advertisement -ad image

ހ އަންދަރަސް ހަވާ ގޭގައި ރޯވި އަލިފާން ނިއްވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


އަންދަރަސް ހަވާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އެގޭގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 14:45 ހާއިރު ލިބުމުން އެމްއެންޑީއެފް އެފްއާރުއެސްގެ ފަޔަރމަނުން ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުމުގެ މަަސައްކަތް ކޮށްފައެވެ.
އަދި، ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ 15:00 ހާއިރުއެވެ. މި އަލިފާނުގެ ހާދިސާ ހިނގި ތަނަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެކެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ހާދިސާއާ ގުޅިގެން އެ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ