- Advertisement -ad image

ސަފާރީއެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


22 ޓުއަރިސްޓުންނާއި 14 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ “އެމްވީ އެމްޕެރަރ ވޮޔޭޖަރ” ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ 22 ޓުއަރިސްޓުންނާއި 14 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ މި ސަފާރީ، ކޮއްދިއްޕަރު ރިސޯޓުގެ އިރުދެކުނުން ގާތްގަނޑަކަށް 2 ނޯޓިކަލް މޭލު އެތެރެއިން ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 14:48 ހާއިރު ކަމަށެވެ.
އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ “ހާބަރ ކްރާފްޓް 113” ވަނީ ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި ކަމަށް ވެސް ބުނެއެވެ.
މިގޮތުން އެ ސަފާރީން ދިޔަހިއްކުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ