- Advertisement -ad image

ރައީސް ކަންކަން ކުރުމުގައި އަޅުގަނޑާ މަޝްވަރާއެއް ނުކުރޭ، ދެން އަޅުގަނޑުވެސް ބޭނުމެއް ނޫން: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ ވެސް އެމަނިކުފާނާއި ވާހަކަ ދައްކަވާ ކަންކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި އެެހެން ކަމުން ދެން އެމަނިކުފާނު ވެސް އެ ގޮތް ބޭނުންފުޅު ނުވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވެވި މެސެޖެއްގަ އެވެ.
މާދަމާރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލު ކޮށްލެވުމުގެ ގޮތުން ދެއްވާ ރޭގަނޑުގެ ފަރިއްކޮޅަކަށް ރައީސް ސާލިހު ވަނީ ދައުވަތު އަރުވާފަ އެވެ.
ބައްދަލުވުމަށް ވަޑައިގެންނެވޭނެ ބޭފުޅުން އަންގަވައިލަދެއްވުމަށް އެދިވަޑައިގަތުމުން ރައީސް ނަޝީދު ވަނީ މާލޭގައި ހުންނެވި ނަމަވެސް އެ ބައްދަލްވުމަށް ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ގައުމީ މަޖިލީހުގެ އެ ބައްދަލުވުން ނަޝީދު ސިފަ ކުރެއްވީ ރައީސްގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގަ އެވެ.
ރައީސް ނަޝީދު އާއި ރައީސް ސާލިހުގެ ގުޅުން ގޯސް ކަން އެނގިގެން ދަނީ ނަޝީދު ފޮނުއްވާ މިފަދަ މެސެޖުތަކުންނެވެ. ނަމަވެސް ރައީސް ސާލިހު އަކީ މިފަދަ ކޮންމެ ކަމަކަށް ރިއެކްޓް ކުރައްވާ ބޭފުޅެއް ނޫންވީމަ ކިންމެ ފަހަރަކުވެސް ވާހަކަތަކާއި ދެބަސްވުންތައް އޮބިގެން ދަނީއެވެ.
މި ދެބޭފުޅުންގެ މެދުގައި ހިޔާކު ތަފާތުވުން އެންމެ ބޮޑުވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަކު ކުރުމަަށް ނަޝީދު ފައި ނެންގެވި ހިސާބުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ