- Advertisement -ad image

މިމަހުގެ 28 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ މުފްތީ މެންކް

ad image

ގުޅުންހުރި ލިޔުންތައް


ދުނިޔޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ އިސްމާއިލް އިބްން މޫސާ މެންކް ނުވަތަ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މި މަހުގެ 28 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މުފްތީ މެންކް ރާއްޖެއަށް ދަތުރު ކުރައްވާނީ މިމަހުގެ 28 އިން 31 ގެ ނިޔަލަށް ކަމަށެވެ.
އަދި މިދަތުރުފުޅުގައި މާލެއާއި ފުވައްމުލަކާއި އައްޑޫ ސިޓީ އަދި ހުޅުމާލޭގައި މުފްތީ މެންކް ދީނީ ތަގުރީރު ކުރައްވާނެއެވެ.

އެ ދުވަހުގެ ހުތުބާގެ މައުޟޫއަކީ “ﷲ ސުބްހާނަހޫ ވަތައާލާ އާއި އޮންނަ ގުޅުން އިޔާދަކޮށްލާ” މިއެވެ.
މާލޭގައި މެންކް ދެއްވާ ދަރުސް އޮންނާނީ 28 ވަނަ ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައެވެ.
ހުޅުމާލޭގައި ދަރުސް ދެއްވާ 31 ވަނަ ދުވަހުގެ ރޭ ސިންތެޓިކް ޓްރެކްގައެވެ.
މީގެ ކުރިންވެސް މުފުތީ މެންކް ވަނީ ރާއްޖެ ވަޑައިގެން ދީނީ ދަރުސްތައް ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ