ޓެކްސްބޮޑުކުރުން އަވަސްއަރުވާލަނީ ޤައުމުދަރަމުންދާތީ ކަމަށް މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ސައީދު ވިދާަޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ، ސަރުކާރުން އެދިފައިވާ ގޮތަށް އާންމުންގެ އަތުން ނަގާ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހާއި ފަތުރުވެރިންނަށް ދޭ ޚިދުމަތުގެ އަގުގެ ޓެކުސް ބޮޑުކުރަން އެމްޑީޕީން ތުރީލައިން ވިޕެއް ނެރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ސައީދު ވަނީ މިއީ ދޮގެއްކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވާނަމަ ހޭޅިވަށާ ބުރުނުޖަހާ ފައްނީ ޖަވާބުދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި ސަރުކާރުގެ އިސްރާފު ހަމަޒައްރެއްގެ މިންވަރުވެސް ކުޑަނުކުރާ ކަމަށާއި ކުރާނެ މިނިވަން ކަމެއްވެސް ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް މިހާރު ވަނީ ނިމިފައެވެ.
މި ބަހުސްގައި މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުންނާއި އިދިކޮޅުގެ މެންބަރުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައިވެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހެޅުއްވި ބިލުގައި އޮތީ އާންމުންގެ އަތުން ނަގާ ޖީއެސްޓީ 2 އިންސައްތައިން ބޮޑުކޮށް 8 އިންސައްތައަށް ހެދުމަށާއި، ފަތުރުވެރިން އަތުން ނަގާ ޓެކުސް 4 އިންސައްތައިން ބޮޑުކޮށް 16 އިންސައްތައަށް ބޮޑުކުރުމަށެވެ.



