- Advertisement -ad image

ފިޔަވަޅުވެސް އަޅަންވީ، ޓެކްސް ބޮޑުކުރާ ބިލްއަށް ވޯޓެއް ނުދޭނަން: ބޯދިގު

ad image

ގުޅުންހުރި ލިޔުންތައް

ތްރީ ލައިން ވިފާއި ހިލާފުވެގެން ފިޔަވަޅު އެޅިޔަސް ޓެކްސް ބޮޑުކުރާ ބިލަށް ވޯޓު ނުދޭނެ ކަމަށް ރައްޔިތުން މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.
މުހައްމަދު ރަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ޓެކްސް ބޮޑުކުރުމުގެ ބިލަށް ވޯޓުދިނުމަށް މަޖުބޫރުކޮށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރި އެވިޕާއި ހިލާފަށް ވޯޓު ދެއްވާ މެންބަރުންނާއި މެދު ގަވާއިދުގައިވާގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވުމާއި ގުޅިގެންނެވެ.
އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ޓެކްސް ބިލާއިމެދު ބޮޑެތި ހިޔާލްތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ، އެމްޑީޕީ އެންމެހާ މެންބަރުންގެ ކިބައިން މާފަށް އެދޭ ކަމަށާއި ޓެކްސް ބިލާމެދު ނެރެފައިވާ ތްރީ ލައިން ވިޕާ އޭނާ ހިލާފުވާނެ ކަމަށެވެ.
އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޓެކްސް އިތުރު ކުރަން ތާއީދު ނުކުރާ ކަމަށްވެސް ބޯދިގު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހެޅުއްވި ބިލުގައި އޮތީ އާންމުންގެ އަތުން ނަގާ ޖީއެސްޓީ 2 އިންސައްތައިން ބޮޑުކޮށް 8 އިންސައްތައަށް ހެދުމަށާއި، ފަތުރުވެރިން އަތުން ނަގާ ޓެކުސް 4 އިންސައްތައިން ބޮޑުކޮށް 16 އިންސައްތައަށް ބޮޑުކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ