- Advertisement -ad image

އިމާރާތް ކުރުމުގެ ދާއިރާގެ ކަންބޮޑުވުންތަކާއެކު މަސީން ރައީސްގެ އަރިހަށް

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ހިއްސާ ކުރައްވައިފިއެވެ.

މިބައްދަލުވުމުގައި މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް ވަނީ، އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަން ފާހަގަ ކުރައްވައި، މަސީއިން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.
މިބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އިޤުތިޞާދަށް އަންނަމުންދާ ލޮޅުންތަކާއެކު ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އަދި ސަރަހައްދުގެ ޤައުމުތަކުންވެސް އެޤައުމުތަކުގައި އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން މަސީއިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަޢޫލޫމާތު ޙިއްޞާކުރައްވާފައެވެ.
މިގޮތުން މަސީން ފާހަގަކުރެއްވި މުހިއްމު ކަންކަމުގެ ތެރޭގައި، ކޯވިޑާއި އަދި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން އިންފްލޭޝަން މަތިވެ، ދުނިޔޭގެ ބާޒާރުގައި އިމާރާތްކުރުމަށް ބޭނުންކުރާ މައިގަނޑު ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން، ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުންތަކާއި، ޑޮލަރުގެ ދަތިކަމާއި، މަޝްރޫއުތައް ހިންގުމަށްފަހުގައި ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ މިހާރަށްވުރެވެސް އަވަހަށް ލިބޭނެ ގޮތެއް ހަމަޖެހުމާއި، ކުންފުނިތަކަށް ދިމާވާ މާލީދަތިތަކަށް ބޭންކިންގ ނިޒާމްގެ ތެރެއިން ލުޔެއް ހޯދުމާއި، ލޭބަރުން ލިބުމުގައި ހުރި ދަތިތަކާއި، ޖީއެސްޓީ ދެއްކުމުގައި މިހާރު ދިމާވާދަތިތައް ހައްލު ކުރުމާއި، ރިއަލްއެސްޓޭޓް ވިޔަފާރީގައި ހުރި ދަތިތައް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ