- Advertisement -ad image

ނަމާދު އަޅައިފި މީހާ ދީން މުގުރާލައިފި -ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

“ނަމާދަކީ އިސްލާމްދީން އެ އެއްޗެއްގެ މައްޗަށް ބިނާވެގެންވާ ދީނުގެ ތަނބެވެ. އަޅާ އާއި ކާފިރުކަމާއި ދެމެދުގައިވާ ހުރަހެވެ. ނަމާދު ދޫކޮށްލައިފި މީހާ ދީން މުގުރާލައިފި އެވެ. އަދި ނަމާދު ޤާއިމްކޮށްފި މީހާ ދީން ޤާއިމް ކޮށްފި އެވެ.”

މިއަދުގެ ހުކުރު ހުތުބާގެ މައުޞޫއަކީ ނަމާދަކީ ދީނުގެ ތަނބެވެ. އެގޮތުން މިއަދުގެ ހުތުބާގައި ވަނީ ނަމާދު ޤާއިމްކުރުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވާފަ އެވެ. އަި މިއަދުގެ މުޖުތަމައުގައި ޒުވާނުން ނަމާދާއި ދުރުހެލިވާކަން ފާހަގަކޮށް އެކަން ރަނގަޅުކުރުމަށް ގިނަ ނަސޭހަތްތަކެއް ދީފަ އެވެ.

ނަމާދުގެ ޤަދަރާއި، ޙުކުމްތަކާއި ޙިކުމަތްތަކާއި ނަމާދަށް ދޭންޖެހޭ ސަމާލުކަމާއިމެދު މެދު ގިނަ ބަޔަކު ޣާފިލްވެފައިވާކަމަށް ހުތުބާގައިވަނީ ބުނެފަ އެވެ. އަދި ނަމާދަކީ އޭގެ ސަބަބުން الله تعالى އަހަރެމެންގެ ފާފަތައް ފުއްސަވައިދެއްވާނޭކަމަށް ހުތުބާގައިވަނީ ބުނެފަ އެވެ.

ނަމާދާއި ގުޅޭގޮތުން ލޮބުވެތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. “ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގޭގެ ދޮރުމަތީގައި، ސާފު ފެންގަނޑެއް އޮވެފައި، އެއިން ކޮންމެ ދުވަހަކު ފަސް ފަހަރު ފެންވަރާ ކަމުގައި ވާނަމަ، އެމީހެއްގެ ހަށިގަނޑުގައި އެއްވެސް ކަހަލަ މިލައެއް ހުންނާނެ ހެއްޔެވެ؟” ޞަހާބީން ދެންނެވިއެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް މިލައެއް ނުހުންނާނެ އެވެ. ހަދީޘްކުރެއްވި އެވެ. “ފަހެ އެއީ ފަރުޟު ފަސްނަމާދުގެ މިސާލެވެ. އޭގެ ސަބަބުން الله تعالى ފާފަތައް ފުއްސަވައިދެއްވަ އެވެ.

މިއަދުގެ ހުތުބާގައި ވަނީ ކިތަންމެ ބަލިބޮޑު ވިޔަސް ނަމާދު އެޅުމެއް ނޯންނަކަމަށް ބުނެފައެވެ. އެހެންނަމވެސް މިއަދު ބައެއް ކިރިޔާ ބައްޔެއް ވެލާއިރަށް ނަމާދު އަޅާތަން ފެންނަކަމާއި މިއީ ހެދޭ ވަރަށް ބޮޑު ގޯހެއްކަމަށް ބުނެފަ އެވެ. އަދި ބަލި ފަސޭހަވުމުން ނަމާދުތައް ޤަޟާކުރުމުގެ ނިޔަތުގައި އަދި އެ ބަލީގައި މަރުވެއްޖެނަމަ އެއީ އުޒުރެއްކަމަށް ދެކިގެން ނަމާދު ދޫނުކުރުމަށް ވަނީ ގޮވާލާފަ އެވެ. އަދި މި ގޮތަށް ޤަޟާކުރުމުގެ ނިޔަތުގައި ނަމާދު އެޅުމަކީ ހުއްދަކަމެއް ނޫންކަމަށް ވަނީ ބުނެފަ އެވެ.

އަދި ނަމާދުގެ ވަގުތަށް ވިޔަފާރި ހިންގާ ތަންތަން ބަންދުކުރަން އެންގިނަމަވެސް އެތަން ބަންދުކުރުމަށްފަހު ނަމާދަށް ނުގޮސް މީހުން ތިބޭކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި މިއަދުގެ ޒުވާނުން ދުވަހެއް ދުވަހަކަށް ނަމާދާއި ދުރުވާކަން ފާހަގަކުރެވޭކަމީ ހިތާމަހުރި ކަމެއްކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ